ދެކުނު އޭޝިއާގައި އެންމެ ބަރު މީހުން އުޅެނީ ރާއްޖޭގައި!

Follow @loamaaOnline
None

ދިވެހި އަންހެނުންތަކެއް ކަސްތަރު ކުރަނީ--- ފޮޓޯ:: އައުޓް ޑޯ ފިޓްނަސް ކްލަބް


ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ބަރު މީހުން އުޅެނީ ރާއްޖޭގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ޔޫއެންޑީޕީގެ އިސްނެގުމަށް "ދުޅަހެޔޮ ދިރިއުޅުމަކަށް ޖިސްމާނީ ހަރަކާތްތައް ހިންގުމުން" ގެ މައުޟޫއު އަށް މިއަދު ބޭއްވި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ ވިދާޅުވީ ބޮޑީ މާސް އިންޑެކްސް (އިސްކޮޅާއި އުމުރާއި) އަޅާބަލާއިރު ހުންނަންޖެހޭ މިންވަރަށްވުރެ ގިނަ ދިވެހިންގެ ބޮޑީ މާސް އިންޑެކްސް ބޮޑުކަމަށެވެ.

ސާމިޔާ ވިދާޅުވީ ރާއްޖޭގައި ގިނަ މީހުން ފަލަވާން މެދުވެރިވަނީ ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓާ ގޮތުން ކަމަށެވެ. އެގޮތުން ހެލިފެލިވެ އުޅުން ކުޑަވުމާއި ކެއިން ބުއިމާއި އެހެނިހެން އާދަތައް ސިއްހަތަށް ނުރަނގަޅު ގޮތަކަށް ގެންގުޅުމުގެ ސަބަބުން ޒުވާން އުމުރުގައި ގިނަ މީހުންގެ ސިއްހަތަށް ގެއްލުންވާ ކަމަށެވެ. 

ސާމިޔާ ވަނީ ހިތުގެ ބައްޔާއި ކެންސަރު އަދި ފުއްޕާމޭގެ ބަލިތައް ރާއްޖޭގައި ގިނަކަން ފާހަގަކުރައްވައި އެކަމަށް އާސަންދައިން ކުރަން ޖެހޭ ހޭދަވެސް ބޮޑުކަމަށް ވިދާޅުވެފައެވެ. 

"މި މަގުން ކުރިއަށް ދާނަމަ އަޅުގަނޑުމެންގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެގެންދާނެ. މި ބަދަލު ގެންނަން މިހާރު ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތް ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ" ސާމިޔާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ،  ދިވެހި ޒުވާނުންގެ މެދުގައި ދުޅަހެޔޮ ހަރަކާތްތައް ރޭވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok