ހިޔާ ޓަވަރެއްގައި ރަހީނުކޮށް ބްލެކްމެއިލް ކުރަން އުޅުން ބަޔަކު ހަވަރަށް ދީފި

Follow @loamaaOnline
None

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވަރަށް ދިން މީހުން-- ފޮޓޯ: ވޮއިސް


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރަހީނުކޮށް ބްލެކްމެއިލް ކުރަން އުޅުން ބަޔަކު ހަވަރަށް ދީފިއެވެ.

އާއްމުން ނުކުމެ، ހަވަރަށް ދީފައިވަނީ ހުޅުމާލެ ދެވަނަ ދިޔަވަހީގެ ހިޔާ ފްލެޓް 1 ގައި ރަހީނުކޮށް ބްލެކްމެއިލް ކުރަން އުޅުނު ބަޔެކެވެ.

އެ ފްލެޓްގައި ފޭރުނު މީހުން ބަރަހަނާކޮށް، ފްލެޓްގެ ސިޑި މަތީގައި ތިއްބާ ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ވަނީ އާއްމުވެފައެވެ. އެ ފޮޓޯތަކުން ފެނިގެން ދަނީ ހަތަރު މީހަކު ހެދުން ބާލުވާފައި ޓަވަރުން ބޭރުގައި ސިޑި މަތީގައި ތިބޭ ތަނެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް ދޭއްގެ އެޗް-1 ކައިރީގައި މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފު ކުރުމުން ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ފުލުހުން ބުންޏެވެ. 

މި މައްްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައެވެ.  އެއީ 32އގެ ދެ މީހަކާއި، 45އ،ގެ މީހެއްގެ އިތުރުން 36އ.ގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ. 

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok