"ހައްޖަށް ދާ މީހުންގެ ޓެކްސީ ދަތުރަށް ފައިސާ ނުނަގާނަން"، ކޮން ފަދަ ނަމޫނާއެއް!

Follow @loamaaOnline
None

---


ޓެކްސީތަކުން ދަތުރަށް ބޮޑު އަގު ނަގާ މައްސަލަތަކާއި އެކަކަށް ވުރެ ގިނަ މީހުން ދަތުރަށް ނަގާ މައްސަލަތައް ފަދަ އެތައް މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފައެވެ. ބައެއް ޓެކްސީ ޑްރައިވަރުންގެ ސަބަބުން ޓެކްސީގެ ހިދުމަތަށް ރައްޔިތުންގެ އޮތް އިތުބާރު ކުޑަވެފައިވަނިކޮށް، ނަމޫނާ ޓެކްސީ ޑްރައިވަރުންގެ ބައެއް އަމަލުތަކަކީ ފަހުރުވެރިވާ ފަދަ އަމަލުތަކެކެވެ. 

އެގޮތުން، މިއަދު ސޯޝަލް މީޑިއާއިން ވަނީ އެފަދަ ޓެކްސީ ޑްރައިވަރެއްގެ ވާހަކަ ތިލަވެފައެވެ. އެ ޓެކްސީ ޑްރައިވަރުގެ ނަމެއް ނޭނގުން ނަމަވެސް އޭނާ ދުއްވި ޓެކްސީގެ ނަމްބަރަކީ 2262 އެވެ.

ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ މަންމަ ހައްޖަަށް ދާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއަށް ދާން އެރި ކާރު ދުއްވަން އިން ޒުވާނާ ކައިރީގައި ދަތުރަށް ދޭންވީ ކިހާވަރެއްތޯ ބުނުމުން ހައްޖަށް ދާމީހުން އަތުން އޭނާ ފައިސާ ބޭނުން ނޫން ކަމަށް ބުނި ކަމަށެވެ. 

"އޭނާ ބުނީ މިފަހަރު މަންމައަށް ދަތުރު ފްރީ ކަމަށް އަދި ބުނި ކާމިޔާބު ހައްޖަކަށް އެދޭ ކަމަށް. އަދި ނަންބަރު ދީފައި ބުނި މަންމަ ހައްޖުން އައުމުން ގެއަށް ދާންވެސް އޭނާއަށް ގުޅުމަށް. މިކު އްޖާގެ މަސައްކަތުގައި ބަރަކަތް ލައްވާށި." އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

މި ފަދަ އެތައް ޓެކްސީ ޑްރައިވަރުންނެއް އުޅެއެވެ. ބޭނުންވަނީ ކޮންމެ މަސައްކަތެއް ކުރިކަމުގައިވީ ނަމަވެސް އިހްލާސްތެރިކަމާއި ހިތްހެޔޮކަމާއެކު މަސައްކަތް ކުރުމެވެ


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok