މުދާ ބަރުކޮށްގެން ށ އަތޮޅަށް ދިޔަ ދޯންޏެއް ފަޅައިގެން ހިނގައްޖެ

Follow @loamaaOnline
None

---


މުދާ ބަރުކޮށްގެން ށ އަތޮޅަށް ދިޔަ ބޯޓެއް ފަޅައިގެން ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މާލެއިން މުދާ ހިފައިގެން ށ އަތޮޅަށް ދަތުރުކުރި "އުޅިއަށި" ބޯޓު ބިލެއްފަހީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި ނެރުގެ ހުޅަނގު ފަރާތު ހިލަތަކުގައި ޖެހި ބޯޓު ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށި ސިޓީގައި ތިބޭ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އެ ބޯޓު މިހާރު ވަނީ، ބިލެއްފަހީ ފަޅުތެރެޔަށް ވައްދައި، އެ ބޯޓުން މުދާ ހުސްކޮށްފައެވެ. އެކަމުގައި އެ ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެފައިވެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok