މިޔަރު ހަމަލާއެއްގައި ސިފައިންގެ މީހަކު މަރުވެއްޖެ، ހަމަލާ އަމާޒުވީ ފަޔަށް

Follow @loamaaOnline
---

----


މިޔަރެއްގެ ހަމަލާ އަމާޒުވި ސިފައިންގެ މީހަކު މަރުވެއްޖެއެވެ، 

މަރުވެފައި ވަނީ ރ. އުނގޫފާރު، ނިއުފްލައިފް ލާންސް ކޯޕްރަލް މުހައްމަދު ޒައިދާން އެވެ. 

އެމްއެންޑީއެފުން ބުނީ ޒައިދާން ލ. މާވަށް ކައިރީ ކަނޑުގައި ތަމްރީނުގެ ބައެއް ފުރިހަމަ ކުރަމުން ދަނިކޮށް މިރަރެއް ހަމަލާދިނުމުން ޒަހަމްތަކަށް  ގަން. ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭ 8:40 ހާއިރު ކަމަށެވެ.

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާ އަމާޒުވީ ޒައިދާންގެ ފަލަމަސްގަނޑަށެވެ. އަދި މައި ނާރެއް ބުރިވެ، ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ. 

ޒައިދާން މޫދުން ނެގިއިރުވެސް، ވިންދު ނެތްއިރު، ހޮސްޕިޓަލަށް ގެންގޮސް ސީޕީއާރް ދިނުމުން ކޮންމެވެސް ވަރަކަށް ވިންދު ވަނީ ޖަހާފައެވެ. ޒައިދާން މަރުވިއިރު، ގިނަ އަދަދެއްގެ ލޭވެސް އޭނާގެ ގަޔަށް އަޅައިފައިވެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok