އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތް ހަދަން ސަރުކާރުން ނިންމައިފި

Follow @loamaaOnline
-

އިޒްރޭލު ޕާސްޕޯޓް ބޭން ކުރުމަށް އަޑުއުފުލަނީ-- ފޮޓޯ: ދަ އެޑިޝަން


އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިއަދު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި، ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެކަން ކުރުމަށް އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ ހަ މިނިސްޓަރުންގެ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި މުހިންމު ކަންތައްތަކެއް ކުރަން ނިންމަވާފައިވާ ކަމަށެވެ.

ކެބިނެޓްގެ ނިންމުންތައް:

  • އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ކެބިނެޓުން ނިންމެވުން އަދި މިކަން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލުން. 
  • ފަލަސްތީނާއި އިސްރާއީލްގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްޠީނުގެ ފަރާތުން އެދޭކަންކަން ދެނެގަތުމަށް ރައީސް ސްޕެޝިއަލް އެންވޯއިއެއް ކަނޑައަޅުއްވަން ނިންމެވުން.
  • ޔޫ.އެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަޞްޠީނުގެ ޙާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމުން 
  • "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމުން. 
  • ދިވެހިރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން
     

ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok