ރަސްމާލެ މަޝްހޫރު ހުއްޓިފައިވާ ކަމަށް ސަރުކާރުން އެއްބަސްވެއްޖެ

Follow @loamaaOnline
None

--


ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އޮތީ ހުއްޓިފައި ކަމަށާއި ކުރިން ބުނި ތާރީހަށް އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމައި ނުލެވޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާއިރު، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށެވެ. 

އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދީގެންނެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ފެށި ނަމަވެސް އެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ނުލިބެއެވެ. އަދި މަސައްކަތް ހުއްޓިފައި އޮންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ. 

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސީއެމްސީސީއާ ރަސްމާލެ ހިއްކަން ހަވާކުރީ ދައުލަތަށް އެއްވެސް ބުރައެއް ލިބޭ ގޮތަށް ނޫން ކަމަށާއި އެ ކުންފުނިން އޭރު ހުށަހެޅީ ވަރަށް ރަނގަޅު ހުށަހެޅުމެއް ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ފައިސާ ނުހޯދިގެން އެ މަޝްރޫއު ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"އެ ބޭފުޅުން ޕްރޮޕޯސްކުރި ގޮތަށް ފައިނޭންސް ރެއިސް ނުކުރެވިގެން މަޝްހޫރު ކުރިއަށް ނުގެންދެވި އޮތީ. އޭރުގައި އެ ބޭފުޅުން ޕްރޮޕޯސްކުރި ގޮތަށް މަސައްކަތް ފަށަން ގުޅީފަޅުގައި ބޮސްކާލިސްގެ ދެ ޑްރެޖަރު އޮތް، އެހެންވެ އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް. އެގޮތަށް އެ ބޭފުޅުން ހުށަހެޅީވެސް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްހޫރު ކުރިއަށްގެންދަން ސަރުކާރުން އެހެން ގޮތްތަކެއް މިހާރު ހޯދަމުން އަންނަ ކަމަށާއި މަޝްރޫއުގެ މަސައްކަތް ކުރިން ތާވަލުކުރި ތާރީހަށްވުރެ ލަސްވާނެ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok