ފުރާނައަށް ނުރައްކާވާ ޑްރަގްގެ ވައްތަރެއް ދައުރުވާތީ ސަމާލުވާން މިނިސްޓްރީން އެދިއްޖެ

Follow @loamaaOnline
---

ޗައިނާ ވައިޓް ޑްރަގް--


ނުރައްކާތެރި ޑްރަގްގެ އާ ބާވަތެއް ދައުރު ވަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

އެ މިނިސްޓްރީން ނެރުނު އެންގުމުގައި ބުނީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށް ވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ނުވަތަ އާއްމު ނަމުން ނަމަ "ޗައިނާ ވައިޓް'' ބައިނަލްއަގުވާމީ މާކެޓުގައި ދައުރުވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެ ޑްރަގް ހަދާފައިވަނީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން ކަމަށާއި އެ ޑްރަގް ބޭނުންކުރާ މީހުންގެ ފުރާނައަށް ނުރައްކާވާ ކަމަށެވެ.

"މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތައް ގުޅިގެން މި ދަނީ ކުރަމުންނެވެ." އެންގުމުގައިވެއެވެ.

ފެންޓަނީލް އަކީ ނުރައްކާތެރި ހެރޮއިންއަށް ވުރެ 20-40 ގުނަ ބާރުގަދަ ޑްރަގެކެވެ. އެއީ ހެރޮއިންގެ ސަބްސިޑަރީއެކެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok