ޣައްޒާގައި ތާށިވެފައި ތިބި ޕްރޮފެސަރު ކުރްދީގެ އާއިލާ ރާއްޖެ ގެނެސްފި

Follow @loamaaOnline
None

ރުދީގެ ޢާއިލާ ރާއްޖޭގައި: ފޮޓޯ/ ވޮއިސް


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި މަސައްކަތްކުރާ ފަލަސްތީނުގެ ޕްރޮފެސަރު ޑރ. ހަސަން އަލް ކުރްދީގެ އާއިލާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ޑރ. ކުރްދީގެ އާއިލާ ޣައްޒާގައި ދިރިއުޅުނު ގެއަށް އިޒްރޭލުން ބޮން އަޅާ ސުންނާފަތި ކޮށްލުމުގެ ސަބަބުން އެ އާއިލާ ދިިރިއުޅުނީ ރަފަހްގައި ހުންނަ ކޭމްޕެއްގައެވެ. 

ނަމަވެސް އެތަންވެސް ރައްކާތެރި ތަނަކަށް ނުވުމުން، އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ކުރްދީ ވިދާޅުވީ ނިމިދިޔަ ރޯދަމަހުގެ ތެރޭގައެވެ.

ކުރުދީގެ ދަރިފުޅު ބުނެފައިވާ ގޮތުން، މިސްރުގެ ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށް، ރަފަހްއިން މިސްރަށް މީހުން އެތެރެކުރަނީ 10،000 ޑޮލަރު މީހަކަށް ދައްކައިގެންނެވެ. ނަމަވެސް އެ އާއިލާގެ މެންބަރުން މިސްރަށް އެތެރެވުމަށް 54،000 ޑޮލަރު ބޭނުންވާއިރު، އެމީހުންނަށް އެއްކުރެވިފައިވަނީ 517 ޑޮލަރު ކަމަށް ބުންޏެވެ. 

އެ އާއިލާގެ ހަބަރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ލިބުމާއެކު، އެ ޖަމިއްޔާއިން ވަނީ ކުރުދީއާއި ބައްދަލުކޮށް އޭނާގެ އާއިލާ ޣައްޒާއިން ނެރެ، ތުރުކިޔޭއިން ރާއްޖެ އައުމަށް ދާނެ ހުރިހާ ހަރަދެއް ހަމަޖައްސައިފައެވެ. އަދި މިއަދުގެ ވަގިތެއްގައި، އެ އާއިލާ ވަނީ ތުރުކިޔޭ މަގުން ރާއްޖެ އައިސްފައެވެ. 

ކުރްދީ ވަނީ، ދިވެހިންގެ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok