ކޮޅިގަނޑެއްގައި ޖެހުނު ތޮއްޑޫ ކުދީންތަކެއް ސަލާމަތްކޮށްދިނީ ސްޓެލްކޯގެ މުވައްޒަފުން

Follow @loamaaOnline
---

ކޮޅިގަނޑުގައި ޖެހުނު ކުދީން ސަލާމަތް ކުރަނީ


މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް ކޮޅިގަނޑު ގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުން އެ ކުދިން ސަލާމަތްކޮށްދީފިއެވެ. 

ސްޓެލްކޯ އިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫ ގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެ ވަގުތު އެ ސަރަހައްދު ގައި ތިބި އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ކުދިން ސަލާމަތްކުރާ މަންޒަރުތައް ފެންނަ ފޮޓީތައްވެސް ސްޓެލްކޯއިން ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ކޮޅިގަނޑުގެ ބިންދައިގެން ދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެއްޓުމާ ގުޅިގެން އެތަކެތި ނެގުމުގައިވެސް ސްޓެލްކޯގެ މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ،  ރައްޔިތުންނަށް ދިމާވާ މި ފަދަ ކޮންމެ ކަމެއްގައި އެހީތެރިވުމަށް އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok