އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމުން ނޫރައިން އިސްތިއުފާ ދެއްވައިފި

Follow @loamaaOnline
None

ނޫރައިން ޖަނާހް--


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ  ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހު، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނޫރައިން އެ މަގާމުން އިސްތިއުފާ ދެއްވިކަން "ލޯމާ" އަށް ވަނީ އިތުބާރު ހިފޭ މަސްދަރަކުން ކަށަވަރުވެފައެވެ. 

މިކަމާ ގުޅޭ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ލިބިފައެއް ނުވެއެވެ. 

ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން، ނޫރައިން އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރީ 27 ޑިސެމްބަރު 2023 ގަ އެވެ.

ނޫރައިންއަށް މި ފަހުން ވަނީ، އެމްއެމްޕީއާރްސީ ތަމްސީލުކޮށް އޭނާ އިނގިރޭސި ބަހުން ދެއްވި އިންޓަވިޔުއެއްގެ ސަބަބުން ގިނަ ބައެއްގެ ތައުރީފާއި ސަމާލުކަން ލިބިފައެވެ.  


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok