ލާމުގައި ރަށު ފެންވަރުގައި ބާއްވާ އެންމެ ބޮޑު އަންހެން ވޮލީ މުބާރާތުގެ ގުރު ނަގައިފި

Follow @loamaaOnline
None

--


ހައްދުންމަތި ހިތަދޫ ކައުންސިލްގެ 3 ވަނަ އަންހެން ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުން ކުރިއަށް ރޭ ގެންގޮސްފިއެވެ. 

މި މުބާރާތަކީ ހައްދުންމަތީގައި ރަށު ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު ވޮލީ މުބާރާތެވެ. 

މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަަށުން ބޭރު ތިން ކުޅުންތެރިން ބައިވެރިކުރެވޭނެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ރާއްޖޭގެ ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން މި މުބާރާތުގައި ވާދަކޮށްފައިވެއެވެ. އޭގެ ތެރޭގައި އައިޝަތު މާޖިދާ، މާޔާ ހުސައިން ސަލާޙް، އާމިނަތު ޝަހާ ސާމިން ފަދަ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ. 

މި އަހަރުގެ މުބާރާތުގައިވެސް ގައުމީ ޓީމަށް ނިސްބަތްވާ އެތައް ކުޅުންތެރިންނަކާއި ރާއްޖޭން ބޭރުގެ ކުޅުންތެރިންގެ ހުނަރު ފެންނާނެކަމަށް މި މުބާރާތް މި އަހަރު ހޯސްޓް ކުރާ ފަރާތްކަމުގައިވާ އިންކް އެންޑް ޕިކްސަލް އިން ބުނެއެވެ.  

މި މުބާރާތުގެ އޯޕަނިން ކުލަގަދަކޮށް 18 މެއި 2024 ވަނަ ދުވަހުގެ ރޭ އޮންނަ އިރުގައި މި މުބާރާތުގައި އެންމެ ފުރަތަމަ ބައްދަލު ކުރާނީ ފެކްޝަން ސްޕޯޓްސް ކްލަބް އަދި ފެކްޝަން ޗެލެންޖުއެވެ. މި މުބާރާތުގެ ހުރިހާ މެޗެއްގެ އަޕްޑޭޓްސް އިންކް އެންޑް ޕިކްސަލްގެ ފޭސްބުކު ޕޭޖް އިން ލިބޭނެވެ. އަދި ލައިވް ކޮށް ހުރިހާ މެޗެއްވެސް ބެލޭނެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok