ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލައިފި

Follow @loamaaOnline
---

އަލިފާން ރޯކޮށްލާފައިވާ ކާރު---


ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ.

ކާރުގެ ވެރިފަރާތްކަމަށްވާ ހަމްދާން އަހުމަދު ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ ކާރުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު 3:30 ހާއިރު ކަމަށެވެ.

ރޯކޮށްލާފައިވަނީ އަޅި ކުލައިގެ ކާރެއްގައެވެ. 

"ރޭ ދަންވަރު 3:30 ހާއިރު އަޅުގަނޑުގެ ކާރުގައި ބަޔަކު މިވަނީ ޕެޓްރޯލް އަޅައި ރޯކޮށްލާފައި" އޭނާ ބުންޏެވެ.

އެ ކާރުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ އެމްޓީސީސީގެ މުވައްޒަފުންގެ އެހީތެރިކަމާއެކުގައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok