ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަނީ

Follow @loamaaOnline
-

ހެލްތު މިނިސްޓަރު ހަލިލް


ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ، އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، އާ ހިދުމަތްތައް ފެށުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށާއި، އެގޮތުން ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރިން ނުލިބޭ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑައިލިސިސް ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް. ހަމައެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން." ހަލީލް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ހެދެ އެވެ. 

އަތޮޅު ތެރޭގެ ބައެއް ހިސާބުތަކުގައި މިހާރުވެސް ޑައިލިސިސްގެ ހިދުމަތް ދެއެވެ. އޭގެ ތެރޭގައި ރ. އުނގޫފާރު ހޮސްޕިޓަލާއި އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލާއި ޅ. އަތޮޅު ހޮސްޕިޓަލް ހިމެނެ އެވެ.

އާންމުކޮށް ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު ކިޑްނީއަށް ފަރުވާ ދިނުމުގެ ގޮތުން ޑައިލިސިސް ހަދަން ޖެހެ އެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok