ދިހަ އަހަރަށް ފަހު "މަރުވާރުލު" ވާހަކަ ސީރީޒް އަލުން ނެރެފި

Follow @loamaaOnline
None

--


ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފައިވާ ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ، މުހައްމަދު ގާސިމްގެ މަރުވާރުލު ވާހަކަ ސީރީޒް ދިހަ އަހަރަށްފަހު، އަލުން ނެރެފިއެވެ.

ހަ ފޮތުގެ މައްޗަށް އެކުލެވޭ މަރުވާރުލު ސީރީޒުގެ ހުރިހާ ފޮތެއް ރާދަ ބުކްޝޮޕްގެ ފޮތް ފިހާރަތަކުން މިހާރު ދަނީ ވިއްކަމުންނެވެ. މި ސީރީޒްގެ ފޮތްތައް ވަކިވަކިން ވެސް ވިއްކައެވެ. 

މަރުވާރުލުގެ ހުރިހާ ފޮތެއް ހިމެނޭ ސެޓެއް ވިއްކަނީ 850 ރުފިޔާ އަށެވެ.

މަރުވާރުލު ސީރީޒްގެ ވާހަކަ ފޮތްތައް ވިއްކާ އަގުތައް:

  • މަރުވާރުލު 1 ( ސިއްރުން ފުރިގެންވާ ރަށަށް ކުރި ބިރުވެރި ދަތުރު) 115ރ
  • މަރުވާރުލު 2 ( ޖާދޫގެ ބިރުވެރި ރަށުން ނުރައްކާތެރި އެތައް ކަމެއް) 115ރ
  • މަރުވާރުލު 3 ( އާދަޔާ ޚިލާފު ބާރުތަކާއެކު މަރުވާރުލުގައި) 115ރ
  • މަރުވާރުލު 4 ( ދިރޭގަނޑުވަރުގައި ހޭދަކުރި ބިރުވެރި ދުވަސްތައް) 200ރ
  • މަރުވާރުލު 5 (ސިއްރުން ފުރިގެންވާ ގަނޑުވަރުގައި ހޭދަކުރި ބިރުވެރި ދުވަސްތައް) 200ރ
  • މަރުވާރުލު 6 ( މަރުވާރުލުގެ ހަޤީޤަތް) 300ރ


ފަޅުރަށަކަށް ދަތުރު ދާ ކުދި ބަޔަކަށް ދިމާވާ އާދަޔާހިލާފު ކަންތައްތަކެއް ދައްކައިދޭ މި ވާހަކަ ސީރީޒްގެ އެންމެ ފުރަތަމަ ބައި ނެރުނީ 2004 ވަނަ އަހަރުއެވެ.

މި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން 7372818 އަށް ވައިބާ ނުވަތަ ވަޓްސެޕް ކޮށްލުމުން ޑެލިވަރީވެސް ކޮށްދެއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok