20 ވަނަ މަޖިލިސް: ދެ ރައީސުންގެ ޕާޓީގެ ހިއްސާއެއް ނެތް މަޖިލީހެއް!

Follow @loamaaOnline
--

---


ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި "ދަ ޑިމޮކްރެޓްސް" އަށް މިއަދު ބޭއްވި ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވި، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގެން އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ފަރާތުން 35 ކެންޑިޑޭޓަކު މަޖިލިސް އިންތިހާބު ވާދަ ކުރެއްވި އެވެ.

ޑިމޮކްރެޓްސްއިން 37 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

މިއަދު ބޭއްވި އިންތިހާބުގައި އެ ދެ ޕާޓީން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބުވެފައެއް ނުވެފައެވެ. 

މިހާތަނަށް އާންމުކުރި ނަތީޖާތައް ދައްކާ ގޮތުން ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ މަޖިލީހުގެ 70 ގޮނޑި ކާމިޔާބުކޮށްފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok