ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ލިބުން ފާހަގަކުރަން މާދަމާ ރޭ މާލޭގައި ހަވާއަރުވަނީ

Follow @loamaaOnline
=

ރައީސް މުއިއްޒު--- ފޮޓޯ: މިހާރު


ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އަށް މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ މާލޭގައި ހަވާއަރުވާ ގޮތަށް ހަމަޖައްސައިފިއެވެ. 

މިހާތަނަށް ލިބިފައިވާ ނަތިއްޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. 

ޕީއެންސީގެ 70 މެންބަރުން އިންތިހާބުވެފައިވާއިރު، ސަރުކާރަށް ތާއީދުކުރާ އިތުރު ފަސް މެންބަރެއްވެސް އިންތިހާބުވެފައިވެއެވެ. 

އެނގިފައިވާ ގޮތުގައި ''މަރުހަބާ- ދިވެހީންގެ ރާއްޖެ މަޖިލީހަށް'' ގެ ނަމުގައި މާދަމާ ރޭ ބާއްވާ ހަރަކާތް ފަށާނީ 08:30 ގައި އާޓިފިޝަލް ބީޗުގައެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި މާލެއާއި އައްޑޫ ސިޓީ އަދު ފުވައްމުލައް ސިޓީންވެސް ވަނީ ސަރުކާރުން ބޮޑު އަގުލަބިއްޔަތެއް ހޯދައިފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok