ވިހި ވަނަ މަޖިލީހަށް އެންމެ ތިން އަންހެން ބޭފުޅުން

Follow @loamaaOnline
----

22 އޭޕްރީލް 2024: ވިނި ވަނަ ރައްޔިތުންހެ މަޖިލިސް ތަމްސީލްކުރާނެ ތިން އަންހެން ކެންޑިޑޭޓުން، އަނާރާ (ކ)، އަސްމާ (މ)، ސައުދާ (ވ) --


ވިހި ވަނަ ރައްޔިތުން މަޖިލީހަށް ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ތާއީދު އޮތް ތިން ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

ސަރުކާރު ހިންގާ ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރެއްވީ ދެ އަންހެން ކެންޑިޑޭޓުންނެވެ. އެއީ، އެއީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު (އަސްމާއްތަ) އެވެ.

މީގެ އިތުރުން ސަރުކާރުގެ ފުރިހަމަ ތާއީދާއެކު، ހުރާ ދާއިރާއަށް އަނާރާ ނައީމް ވާދަކުރެއްވިއެވެ. އެހެންކަމުން އަނާރާ ހިމެނޭހެން ސަރުކާރުގެ ތިން އަންހެން ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. 

މި އިންތިހާބުގައި 41 އަންހެން ބޭފުޅަކު ވާދަކުރެއްވި އެވެ. އޭގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ހުރިހާ ބޭފުޅުންނަށް ވެސް ލިބުނީ ނާކާމިޔާބެވެ.

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ އަންހެން މެމްބަރެއް ނެތެވެ. މިވަގުތު މަޖިލީހުގައި ތިއްބެވީ އިދިކޮޅު އެމްޑީޕީގެ ތިން އަންހެން މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ އަންހެން މެމްބަރެކެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok