ކާށިދޫ ދާއިރާގެ ގޮނޑި ޕީއެންސީއަށް، ޖާބިރަށް ލަދުވެތި ބައްޔެއް

Follow @loamaaOnline
--

----


ކާށިދޫ ދާއިރާގެ ގޮނޑި، އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރަށް ގެއްލިއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ޖުމްލަ ހަ ކެންޑިޑޭޓުން ވާދަކުރި އެވެ. ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޅ. ހިންނަވަރަށް ނިސްބަތްވާ މުންތަޒިމް އިބްރާހިމް އެވެ.

މުންތަޒިމް ނިކުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓް ގައެވެ. އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ބޭބެ އެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޖާބިރަށް ލިބިލެއްވީ 350 ވޯޓެވެ. މުންތަޒިމަށް ލިބިލެއްވީ 1،150 ވޯޓެވެ. 

މީގެ ކުރިން ގިނަ ބަޔަކު ޔަގީންކޮށްގެން ތިބީ މި ފަހަރުވެސް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާނީ ޖާބިރު ކަމަށެވެ. އެއީ ކެމްޕެއިންގައި ކާށިދޫ ދާއިރާއިން ޖާބިރަށް ދިން ތާއީދާއި، އެ ގޮނޑިއަކީ ޔަގީން ގޮނޑިއެއްކަމަށް ޖާބިރު ތަކުރާރުކޮށް ވިދާޅުވެފައިވުމުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok