ވިހި ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީން ކަށަވަރުކޮށްފި

Follow @loamaaOnline
-

ރައީސް މުއިއްޒު-- ފޮޓޯ: ސަން


މިއަދު ކުރިއަށްގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީން ކަށަވަރުކޮށްފިއެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓުން މިހާތަނަށް ވަނީ 70 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ. 

މިއަދު އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީއަށް އެއް ގޮނޑި އަދި އެމްޑީއޭ އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ވިހި ވަނަ މަޖިލީހަށް ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބިފައިވާއިރު، ސަރުކާރުން ވަނީ މާލެ، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށިންވެސް ބޮޑު އަގުލަބިއްޔަތެއް ހޯދައިފައެވެ. 

މިއަދު ބޭއްވި އިންތިހާބުގައި، މިހާރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއަށް ލިބުނީ 15 ގޮނޑިއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok