އައްޑޫ ސިޓީގެ އެންމެ ނުފޫޒު ގަދަ ގޮނޑި އަސްލަމް ބަލިކޮށް ސިނާއަށް

Follow @loamaaOnline
None

---


މައި ސަރުކާރުގެ ޕާޓީ ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ސިނާން، އެ ދާއިރާގެ މިހާރުގެ އެމްޕީ އަދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ މައްޗަށް ކުރި ހޯއްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޖުމްލަ ހަތް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ސިނާން އާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމްއެވެ. އެ ދާއިރާގެ ގޮނޑިއަށް ދެން ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީގެ އިތުރުން ޝަޒީމާ ރަޝީދެވެ.

ސިނާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއަށް އިންތިހާބުވީ 800 ވުރެ ގިނަ ވޯޓުންނެވެ. 

އަސްލަމް މަޖިލިހުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އިރުގައި އޭނާ ވަނީ މަޖިލިހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވައިފައެވެ.

އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ އެންމެ މެމްބަރެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok