ފަހަލައަށް ދަތުރު ދިޔަ އަންހެން ކުއްޖަކު މަރުވެގެން ލައްގާފައި އޮއްވާ ފެނިއްޖެ

Follow @loamaaOnline
--

--


ތ. އަތޮޅު ފަޅުރަށެއް ކަމުގައިވާ ފަހަލަ އަށް ދަތުރު ދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެގެން ލައްގާފައި އޮއްވައި ފެނިއްޖެ އެވެ.

މަރުވެގެން ލައްގާފައި އޮއްވައި ފެނިފައިވަނީ، އައިޝަތު ސައިމާ 17އ އެވެ. އޖެންޑާ މިނިސްޓްރީން މޮނިޓާ ވެސް ކުރާ އެ ކުއްޖާ ގެންގުޅެ ބަލަހައްޓަމުން ދަނީ ވިލުފުށީގައި ދިރިއުޅޭ އެ ރަށުގެ އާއިލާއަކުންނެނެވެ.

ވިލުފުއްޓާ އެއް ފަޅެއްގައި، އޮންނަ ރާއްޖޭގެ އެންމެ ދިގު ފަޅު ރަށްކަމުގައިވާ ފަހަލައަށް ސައިމާ އާއި އޭނާ ބަލަހައްޓަމުންދާ އާއިލާ ދަތުރު ދިޔައީ މިއަދުގެ އީދު ނަމާދަށް ފަހު އެވެ.

ވިލުފުށިން "ލޯމާ" އަށް މައުލޫމާތު ދިން މީހަކު ބުނީ ސައިމާ މަރުވެފައި އޮއްވައި ފެނުނީ މިއަދު 11:00 ހާއިރު ކަމަށާއި އޭނާ ފެނުނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ފަހަލައިގެ އާނުގަނޑެއް ކައިރީގައި ލައްގާފައި އޮއްވައި ކަމަށެވެ. 

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސައިމާ މަރުވީ ގެނބިގެން ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok