ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ކްރިސްޓިއަން ދީނާ ގުޅޭ ލިޔުންތަކެއް އެޅި ބަޔަކު ހައްޔަރުކޮށްފި

Follow @loamaaOnline
None

--


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ މެއިލް ބޮކްސްތަކަށް ކްރިސްޓިއަން ދީނާ ގުޅޭ ލިޔުންތަކެއް ފެންނަ ލިންކުތައް ލިޔެފައި ހުންނަ ކާޑުތަކެއް އެޅި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ޖަރުމަނުވިލާތަށް ނިސްވަތްވާ ދެ އަންހެނުން ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ ދެ އަންހެނުން މެއިލް ބޮކްސްއަށް އެޅި ބިޒްނަސް ކާޑުތަކުގައި ކްރިސްޓިއަން ދީނާ ގުޅޭ ފިލްމުތަކެއްގެ ލިންކާއި ކްރިސްޓިއަން ދީނާ ގުޅޭ ވެބްސައިޓްތަކުގެ ލިންކުތައްވެސް ލިޔެފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok