21 އަހަރަށް ފަހު ހަބީބް އިލެކްޝަން ކޮމިޝަނާ ދުރަށް

Follow @loamaaOnline
---

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް-- ފޮޓޯ: މިހާރު


އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހިދުމަތް ކުރައްވާތާ 21 އަހަރަށް ފަހު، ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފި އެވެ.

އީސީން އޭނާ ވަކިވެވަޑައިގަތީ ކޮމިޝަންގެ މެމްބަރު ކަމުގައި ދެ ދައުރު ހަމަވުމުންނެވެ. ފަސް އަހަރުގެ ދެ ދައުރު އޭނާ ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. ގާނޫނުގައިވާ ގޮތުން މެންބަރު ކަމުގައި ފުރިހަމަ ކުރެވޭނީ ދެ ދައުރެވެ.

އިލެކްޝަންސް ކޮމިޝަން މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަން 13 ކުރީ މާޗު 2013 ގައެވެ. ފުރަތަމަ ދައުރު ހަމަވެ ދެ ވަނަ ދައުރަށް އައްޔަން ކުރީ 2019 ގައެވެ.

އީސީގެ މެންބަރަކަށް އައްޔަނު ކުރުމުގެ ކުރިން ހަބީބް ވަނީ  އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރައްވައިފައެވެ.

ދައުރު ހަމަވުމާ ގުޅިގެން "އެކްސް" ގައި ހަބީބް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު ތަޖުރިބާތަކަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށާއި
ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނާއި، މުއައްސަސާތަކުންނާއި ނޫސްވެރިންގެ އިތުރުން ސިޔާސީ ޕާޓީތަކުން އޭނާއަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ހަބީބްގެ ބަދަލުގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް މަޖިލީހަށް ވަނީ ނަން ފޮނުވައިފަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok