މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުތަނުން ހެޔޮކޮށްފި

Follow @loamaaOnline
-

----


ގައުމީ އެއާލައިން، މޯލްޑިވިއަނުން ރޯދަ މަހާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅައިފިއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި ޑޮމެސްޓިކް ދަތުރުތައް އަގުހެޔޮ ކުރީ ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ކަމަށެވެ. މި ޕްރޮމޯޝަނަލް ފެއާގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ޑޮމެސްޓިކް 8 އެއާޕޯޓަކަށް ދަތުރުކުރެވޭނެއެވެ. 

އަގުހެޔޮކޮށް ދަތުކުރެވޭނެ މަންޒިލްތަކާއި އަގު (އެއްކޮޅު) 

  • ސ. ގަމަށް - 1،222ރ.
  • ފުވައްމުލައް ސިޓީއަށް - 1،155ރ.
  • ގދ. ކާޑެއްދޫ - 1،333ރ.
  • ގއ. ކޫއްޑޫ - 1،111 ރ.
  • ލ. ކައްދޫ - 1،055ރ.
  • ނ. މާފަރު - 999ރ
  • ރ. އިފުރު - 999ރ.
  • ހދ. ހަނިމާދުއަށް - 1،111ރ.

މޯލްޑިވިއަނުން އެެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރިއިރު، މިއީ ގާތްގަނޑަކަށް ކޮންމެ މަންޒިލަކުންވެސް 400 ރުފިޔާގެ އަގުހެޔޮވުމެކެވެ.

މޯލްޑިވިއަނުން އަންނަނީ އެތެރޭ އުދުހުމުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއާލައިނަށް އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާ އެކު މިދިޔަ މަހު ވަނީ ސޮއިކޮށްފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok