ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

Follow @loamaaOnline
—


މިމަހުގެ ތިންވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.

އެ އެކްސިޑެންޓު ހިނގީ އެ ޒުވާނާ ދުއްވާފައި ދިޔަ ސައިކަލު ޕާކު ކޮށްފައި އޮތް އިމިގްރޭޝަންގެ ވޭނެއްގައި ޖެހިގެންނެވެ.  އެކްސިޑެންޓުވެ ލަޔާން ވެއްޓިފައިވަނިކޮށް ފެނިފައިވަނީ މިމަހުގެ ތިންވަނަ ރޭގެ 2:30 ހާއިރު ފުލުހުންނަށެވެ.


އެ އެކްސިޑެންޓުގައި އަނިޔާވެ ޓްރީޓޮޕްގައި ފަރުވާދެމުން ދިޔައީ ކ. ހުރާއަށް ނިސްބަތްވާ 19 އަހަރުގެ މުހައްމަދު ލަޔާން ޝަރީފަށެވެ. ލަޔާން މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އެ އެކްސިޑެންޓުގައި ލަޔާންގެ ފަޔާއި ކަރާއި އަތާއި މޭމަތީގެ ކަށިތަކާއެކު އެކި ތަންތަނުން ބިނދި، ފުއްޕާމެޔަށް ވެސް ގެއްލުންވެފައިވެއެވެ. 

ލަޔާންގެ މަންމަ ފޭސްބުކުގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ ލަޔާން މަރުވިކަން ކަށަވަރުކޮށްދީފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok