ފަލަސްތީންގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވަން ރާއްޖޭން އޯއައިސީގައި ގޮވާލައިފި

Follow @loamaaOnline
-

އޯއައިސީގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގަންނަވަނީ


ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ހިންގާ ޖަރީމާ ހުއްޓުވަން ފިޔަވަޅު އަޅަން ރާއްޖެއިން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގައި ރާއްޖޭން ގޮވާލައިފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ހާރިޖީ ވަޒީރުންގެ ކައުންސިލްގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޝަހީމް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ކުށްވެރިކުރައްވައި، އިޒްރޭލުން ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. 

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވަނީ  އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީންގެ ބިންތަކުގައި އަމަލުކުރަމުންދާ ސިޔާސަތުތަކާއި ހަމަތަކުން އުފެދޭ ގާނޫނީ ނަތީޖާތަކާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލާގައި ރާއްޖެއިން ފަލަސްތީނުގެ ހައްގުގައި ހުށަހެޅި ބަޔާނަށްވެސް އަލި އަޅުވާލައްވާފައެވެ. 

އޯއައިސީއަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން އަންނަ 57 މެމްބަރުން ހިމެނޭ ޖަމިއްޔާއެކެވެ.

ރާއްޖެ އޯއައިސީގެ މެމްބަރަކަށް ވެފައި ވަނީ 1976 އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok