ބީއެމްއެލްގެ ބޯޑު ބަދަލުކުރަން މި މަހު ހާއްސަ އާންމު ޖަލްސާއެއް ބާއްވަނީ

Follow @loamaaOnline
--

--


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑު ބަދަލު ކުރުމަށް އާއްމު ޖަލްސާ މި މަހުގެ ތެރޭގައި ބާއްވަން ނިންމައިފިއެވެ،

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު ބަދަލު ކުރުމަށް އާއްމު ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ މި މަހުގެ 25 ވާ ހޯމަ ދުވަހު ރޭ 09:00 ގައެވެ. އެކަން މިހާރު އެ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ވަނީ އަންގައިފައެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަނު ކުރަން ނިންމާފައި ވަނީ ހަސަން ޒަރީރު، ހުޅުމާލެ، ފްލެޓްނަންބަރު ބީ-1-3ސ،ީ ކ. މާލެ އަދި އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3--04-35، ކ. މާލެއެވެ. 

ބީއެމްއެލް ބޯޑުގެ ޖުމްލަ އަދަދަކީ 11 ކަމަށްވާއިރު، ބޯޑުގައި ސަރުކާރު ތަމްސީލުކުރަން ތިއްބަވަނީ 8 މެމްބަރުންނެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން ތިން މެމްބަރުން ތިއްބަވަ އެވެ.

ބީއެމްއެލްގެ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށެވެ.

ބީއެމްއެލްގެ އާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ އެންމެން މާޗު 23، ވާ ހޮނިހިރު ދުވަހުގެ ރޭ 09:00 ގެ ކުރިން ޕްރީ-ރަޖިސްޓްރީ ކުރަން ޖެހޭއިރު، ޖަލްސާގައި ބައިވެރިވެވޭނީ ޕްރީ-ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

ޖަލްސާގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތައް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް، ނުވަތަ ރަޖިސްޓަރީކުރުމަށް އެދޭ ފޯމް ބޭންކުގެ mv.com.bml@corporateaffairs އަށް އީމެއިލްކޮށްގެންނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok