މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ޖެހިފައިވާ ބޮޑު ވަބާއެއް: ޖާބިރު

Follow @loamaaOnline
None

---


މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ޖެހިފައިވާ ބޮޑު ވަބާއެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ، މަޖިލިސް ކެމްޕެއިނުގައި ކާށިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. 

ޖާބިރު ވިދާޅުވީ، ރާއްޖޭގެ ގިނަ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކަމަށާއި އެ ޒުވާނުން އަނބުރާ މުޖުތަމައަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކާށިދޫގެ ޒުވާނުންނާއި ރާއްޖޭގެ އެހެން ޒުވާނުންނަށްވެސް ފަރުވާ ދެވޭނެ ގޮތަށް ކާށިދޫގައި ޕްރައިވެޓް ރީހެބިލިޓޭޝަން ސެންޓަރެއް އަޅައި އެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އިސްލާހުކޮށް, ބާރުވެރިކޮށް ސީދާ ސާދާ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ. 

ޖާބިރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެއަށް ޖެހިފައިވާ ބޮޑު ވަބާއެއް ކަމަށާއި އަދި މި މައްސަލަ އަކީ ގައުމީ މައްސަލައެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުން އަތު ގުޅާލައިގެން ނޫން ގޮތަކަށް މިކަން ނުހުއްޓުވޭނެ" ޖާބިރު ވިދާޅުވިއެވެ. 

ޖާބިރު އިތުރަށް ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރުމަކީ ފަރުވާ ދީގެން ރަނގަޅު ކުރެވޭ ކަމެއް ކަމަށާއި މިކަމަކީ ވަރަށް ހިކުމަތްތެރިކަމާއިއެކު ކޮށްފިނަމަ ކާމިޔާބުވާނޭ މަސައްކަތެއް ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok