ފަރުމަސްވެރިކަންކުރާ އުޅަނދު ބަނުމަށް، އިކުއިޓީއަކާ ނުލައި، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް މިހާރު ލޯނު ލިބޭނެ: ހެޑްސީސް

Follow @loamaaOnline
None

---


އަމިއްލަ އަތުން ޚަރަދު ކުރުމަކާ ނުލައި ފަރުމަސްވެރިކަން ކުރުމަށް ޑިންގީ/ އުޅަނދު ބަނުމަށް ހާއްސަ ލޯނެއް އެސް.ޑީ.އެފް.ސީ އިން ތައާރަފް ކޮށްފިއެވެ.

މިއަދުން ފެށިގެން މި ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، މި ލޯނުގެ ދަށުން ފަރުމަސްވެރިކަން ކުރާ އުޅަނދު އުފެއްދުމަށް 700،000 ރުފިޔާ އާ ހަމައަށް އެއްވެސް ރަހުނަކާ (އިކުއިޓީ) އަކާ ނުލައި ލޯނު ލިބޭނެއެވެ. މި ލޯނު އަނބުރައި ދެއްކުމަށް ދިހަ އަހަރު ދުވަހުގެ މުއްދަތު ލިބޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސް ދުވަހާ ހަމައަށް ލިބޭނެއެވެ. އަދި ލޯނު ދޫކުރަނީ ފަސް ޕަސަންޓް އިންޓަރެސްޓުގައެވެ. މިއީ އެސް.ޑީ.އެފް.ސީ އިން ދޫކުރާ އެހެން ލޯނުތަކާ އަޅާ ބަލާއިރު ކުޑަ ރޭޓެކެވެ.

ހެޑްސީސް އިން ވަނީ، ލޯނަން ހުށައަޅައި ދިނުން ހިމެނޭ ގޮތަށް މި ލޯނު ނަގަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ތައާރަފް ކޮށްފައެވެ. މިގޮތުން މި ލޯނު މެދުވެރިކޮށް ހެޑްސީސްގެ ދެ މޮޑެލްއެއްގެ ސެންޓާ ކޮންސޮލް ފައިނޭންސް ކުރެވިދާނެއެވެ. މި ދެ މޮޑެލް ގެ އެސްޓިމޭޓް އަގު އަދި އަމިއްލަ އަތުން ފައިނޭންސް ކުރަން ޖެހޭނެ ވަރުގެ އަނދާޒާއެއް ތިރީގައި އެވަނީއެވެ.

 

އަތުން ޚަރަދު ކުރަން ޖެހޭ ޖުމުލަ އަގު (އެސްޓިމޭޓު) އިންޖީނު މޮޑެލް 
135،000/- ރ 835،000/- ރ 250hp single ހެޑްސީސް 26cc
0 ރ 645،000/- ރ 115hp single ހެޑްސީސް 23cc

 

މި ލޯނު މެދުވެރިކޮށް ފަރުމަސްވެރިކަން ކުރުމަށް އުޅަނދު އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ވާ ލިންކުން ވަޓްސްއެޕް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ. ލޯނަށް ހުށަހެޅުމަށް ބޭނުންވާ ޕްރޮޕޯސަލް، ޑޮކިއުމަންޓުތައް ތައްޔާރު ކުރުމާއި ލޯނު ލިބޭ ފަރާތްތަކަށް އުޅަނދު ބަނދެދީ ހަވާލުކުރުމާ ހަމައަށް ހުރިހާ މަސައްކަތެއް ހެޑްސީސް އިން ކޮށްދޭނެއެވެ.

Chat on WhatsApp

 

ކީއްވެ ހެޑްސީސް؟

ހެޑްސީސްގެ ހުރިހާ މޮޑެލް އަކީ 100 ޕަސަންޓު ހެޑްސީސްގެ އުފެއްދުމެވެ. ހެޑްސީސްގެ ބޯޓުތައް ސްޓްރަކްޗަރަލް ޑިޒައިން ކޮށްފައިވަނީ އެމެރިކަން ބޯޓް އެންޑް ޔޮޓް ކައުންސިލް (ABYC) ގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި، ސިސްސަޓަމްތަކާއި އުޅަނދުގެ ސްޓެބިލިޓީ (ސްޓްރަކްޗަރަލް ޑިޒައިން ހިމެނޭ ގޮތަށް) ކުރެވިފައި ވާނީ އައި.އެސް.އޯ (ISO) މިންގަނޑު ތަކަށްވެސް ފެތޭ ގޮތަށެވެ.

ހަލް ފަރުމާކުރުމުގައި، ރާއްޖޭގެ ކަނޑުތަކުގައި އާއްމު ގޮތެއްގައި ހުންނަ ރާޅުގެ މިންގަޑުތަކާއި އަދި މިފަދަ ރާޅުތަކަށް ހަލްގެ ބިހޭވިޔާ އަދި، ފެންގަނޑު ހަލްގެ ވަށައިގެން ދައުރުވާނެ ގޮތް އެސެސް ކުރެވި އެކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެވިފައިވާނެއެވެ. މީގެ އިތުރުން، ރިކޮމަންޑެޑް ސްޕީޑުގައި ދުއްވާއިރު، އަ.އެސް.އޯ (ISO) ގެ ހިއުމަން ހެލްތް އަދި ކޮމްފޯޓް އޮން ޝިޕްސް ގެ މިންގަޑުތަކަށް ފެތޭ އުޅުދުތަކެއްކަން ވަނީ އެސެސް ކުރެވިފައެވެ.

ހެޑްސީސް ބޯޓްޔާޑު

ހެޑްސީސްގެ ބޯޓު ޔާޑު ހުންނަނީ ތ. ހިރިލަންދޫގައެވެ.

އިތުރު މައުލޫމާތު

މި މޮޑަލްއާއި ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9974666 އަށް ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ކޮށްގެން ކުރިޔަށް ގެންދެވޭނެއެވެ.

Chat on WhatsApp


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok