ހަނދުގެ ދެކުނު ތަނޑިއަށް ޖެއްސި ފުރަތަމަ އުޅަނދަކަށް އިންޑިއާގެ "ޗަންދްރަޔާން-3"

Follow @loamaaOnline
---

---


އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދު، ޗަންދްރަޔާން-3، ކާމިޔާބު ކަމާއެކު ހަނދުގެ ދެކުނު ދަނޑިއަށް ޖައްސައިފިއެވެ.

އިންޑިއަން ސްޕޭސް ރިސާޒް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) އިން ބުނި ގޮތުގައި ޗަންދްރަޔާން-3 ގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ހަނދުގައި ގަނޑުފެން ހުރިތޯ ބެލުމެވެ. އެ ހުރިކަން ޔަގީންވެއްޖެ ނަމަ ހަނދުގައި އިންސާނުންނަށް އުޅެވިދާނެ ކަމުގެ އުންމީދު ލިބޭނެ އެވެ. އިންޑިއާއިން ހަނދުގެ މިޝަންގެ ދަތުރު ފެށީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

"ޗަންދްރަޔާން- 3" ހަނދަށް ޖައްސާފައިވަނީ އިންޑިއާ ގަޑިން އިރުއޮއްސި 6:04 ގައެވެ. އެއާއެކު އެ އުޅަނދު ވެގެން ގޮސްފައިވަނީ ހަނދުގެ ދެކުނު ތަނޑިއަށް ތިރިކުރި ފުރަތަމަ އުޅަނދަށެވެ. 

އިންޑިއާގެ އުޅަނދު މިއަދު ހަނދަށް ޖެއްސިއިރު ދުވަސްކޮޅެއް ކުރިން ރަޝިއާގެ ލޫނާ-25 ވަނީ ހަނދުގެ ދެކުނު ތަނޑިއަށް ތިރިކުރަން އުޅެނިކޮށް ވެއްޓި ހަލާކުވެފަ އެވެ.

އިންޑިއާ އިން 2019 ވަނަ އަހަރު ޗަންދްރިޔާން-2 ހަނދަށް ތިރިކުރުމުގެ ތެރޭގައި ވަނީ ވެއްޓިފަ އެވެ.

އިންޑިއާގެ ހަނދުގެ މިޝަން ކާމިޔާބުވުމުން އެ ގައުމު ވެގެންގޮސްފައިމިވަނީ ހަނދަށް "ސޮފްޓް ލޭންޑިން" އެއް ކާމިޔާބުކަމާ އެކު ހެދި ހަތަރު ވަނަ ގައުމަަށެވެ. ކުރިން މިކަން ކާމިޔާބުވެފައި ވަނީ އެމެރިކާ، ކުރީގެ ސޮވިއެޓް ޔުނިއަން އަދި ޗައިނާ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok