މުޒާހަރާ ހުއްޓާލައި ކޫއްޑޫ އޮޕަރޭޝަނަށް ގެނެސްފި

Follow @loamaaOnline
None

-


ސަރުކާރުގެ މަސް ކުންފުނި، މިފްކީއަށް ކިރުވި މަހަށް ފައިސާ ލިބުން ލަސްވެ، ގއ. ކޫއްޑޫގައި މަސްވެރިން މީގެ ތިން ދުވަސްކުރިން ފެށި މުޒާހަރާ ހުއްޓާލައިފިއެވެ.

މީގެ ތިން ދުވަސް ކުރިން ހުވަދުއަތޮޅު ބައެއް މަސްވެރިން ކޫއްޑޫ އަށް އަރައި އިހްތިޖާޖް ކޮށް، ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންވެސް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދެންމެ ވިދާޅުވީ، ކޫއްޑޫގައި މުޒާހަރާކުރަމުންދިޔަ މަސްވެރިން މުޒާހަރާ ހުއްޓާލައިފައިވާ ކަމަށާއި ކޫއްޑޫ އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.

މަސްވެރިން މުޒާހަރާ ހުއްޓާލިއިރު، މިފްކޯއިން މިއަދު ވަނީ މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފައެވެ. އެގޮތުން މިއަދާއި މާދަމާ 70 މިލިއަން ދޫކުރާއިރު، އާދިއްތަ އަދި ހޯމައިގައި 30 މިލިއަން ދޫކުރާނެއެވެ.

މަސްވެރިންނަށް ނުދެވި 280 މިލިއަން ރުފިޔާގެ ބެގްލޮގެއް އޮތް އިރު ފިޝަރީޒް މިނިސްޓަރު ވަނީ އަންނަ މަހުގެ ފަހެއްގެ ކުރިން އެ ފައިސާ ދައްކައި ހަލާސްކުރާނެ ކަމަށް ވިދާޅުވެފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok