މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި

Follow @loamaaOnline
None

--


މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ސަރުކާރުން ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިފްކޯ އަށް މަސް ކިރުވުމަށް ފަހު، މި ސަރުކާރުން މިހާތަނަށް 400 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާއިރު އަދިވެސް  280 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫނުކޮށް އެބަހުއްޓެވެ. 

ގއ. ކޫއްޑޫގައި މީގެ ތިން ދުވަސް ކުރިން ފެށި އިހުތިޖާޖާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން 100 މިލިއަން އޮޑިވެރިންނަށް ދޭނެ ކަމަށެވެ. އަދި ބާކީ ފައިސާ އަންނަ މަހުގެ ފަހެއްގެ ކުރިން ޖަމާކޮށްދޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދާ މާދަމާ މަސްވެރިންނަށް 70 މިލިއަން ދޭނެ ކަމަށާއި އަންނަ އާދިއްތަ އަދި ހޯމައިގައި 30 މިލިއަން ދޭނެ ކަމަށެވެ. 

ސަރުކާރުން ނިންމާފައި ވަނީ މިފްކޯ އަށް ކިރާ މަހުގެ އަގަށް ވާ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރުމުގެ ކަންކަން މި ދައުރުގެ ކުރީކޮޅު ފެށުމަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok