މީހެއްގެ ކުރިމަތީގައި ދޮގެއް ހެދުމަށްވުރެ، ސޯޝަލް މީޑިއާގައި ދޮގު ހެދުމުގެ ނުރައްކާ މާ ބޮޑު: ޝައިހް ޝާފިއު

Follow @loamaaOnline
None

--


މީހެއްގެ ކުރިމަތީގައި ދޮގެއް ހެދުމަށްވުރެ، ސޯޝަލް މީޑިއާގައި ދޮގުހެދުމުގެ ނުރައްކާ މާ ބޮޑު ކަމަށް ޝައިހް މުހައްމަދު ޝާފިއު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި  ޝައިހް ޝާފިއު، ރޭގެ ވަގުތެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީހެއްގެ ކުރިމަތީގައި ދޮގެއް ހެދުމާއި ސޯޝަލް މީޑިއާގައި ދޮގެއް ހެދުމާ ފާފައިގެ ގޮތުން (އަޒާބުގެ ގޮތުން) ތަފާތުވާނެ ކަމަށެވެ.

އެކަން އިތުރަށް ތިލަކޮށްދެއްވައި ޝައިހް ވިދާޅުވީ، އެކެއްގެ ކުރިމަތީ ހަދާ ދޮގުގެ އަސަރުކުރަނީ އެންމެ މީހަކަށް ކަމަށާއި މީހެއްގެ އަބުރު ކަތިލެވެނީ އެންމެ މީހެއްގެ ކުރިމަތީގައި ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ހަދާ ދޮގަކީ އެ ދޮގު މީހުންނަށް ފޯރާ އަދަދުގައި ހައްދެއް ނޯންނަ އެއްޗެއް ކަމަށެވެ.

"އަބުރު ކަތިލެވެނީ ކިތައް މީހުންގެ ކުރިމަތީގައި ކަމެއް ދޮގު ހަދާ މީހާއަށް ނުވެސް އެނގޭނެއެވެ. އުފެދޭ ދެކޮޅުވެރިކަމާއި ފިތުނައާއި ފަސާދަ މާބޮޑުވާނެއެވެ. އަންހެނަކު އެންމެ ހިލޭ ފިރިހެނެއްގެ ކުރިމަތީ އައުރަ ނިވާނުކޮށް ނެށުމާއި، މުޅި ސޯޝަލް މީޑިއާއަށް އެފަދަ ނަށާ ވީޑިއެއެއް ދޫކޮށްލުމާ ފާފައިގެ ގޮތުން އެއްވަރެއް ނުވާނެއެވެ." ޝައިހް ވިދާޅުވިއެވެ.

ޝައިހް އިތުރަށް ވިދާޅުވީ، އެއްވެސް ހާލެއްގައި ދޮގު ހެދުމަކީ ހަރާމް ކަމެއް ކަމަށާއި ދޮގު ހެދުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok