ޕެރައިންފްލުއެންޒާ ޖެހިގެން ރާއްޖޭގައި ކުއްޖަކު މަރުވެއްޖެ، ބޭހެއް، ވެކްސިނެއް ނެތް!

Follow @loamaaOnline
None

---


ރާއްޖެއިން މަދުން ނަމަވެސް ޕެރައިންފްލުއެންޒާ ވައިރަސް ފެންނަމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ޕެރައިންފްލުއެންޒާ ވައިރަސް ޖެހިގެން އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު ރޭ ވަނީ މަރުވެފައެވެ.

އެ ވައިރަސް ޖެހިގެން މަރުވީ އއ. ބޮޑުފުޅަދޫގެ އަންހެން ކުއްޖެކެެވެ. އެ ވައިރަސް ޖެހިގެން އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށީ މީގެ ހަ ދުވަސް ކުރިންނެވެ.

"ޕެރައިންފްލުއެންޒާ ކޭސްތައް އިތުރެއް ނުވޭ. އެކަމަކު، މަދު މަދުން އޭގެ ކޭސްތައް އެބަ ފެނޭ. މި ވައިރަހާއި އާދައިގެ ރޯގާ އާއި ރޯގާގެ އަލާމާތްތައް އެއްގޮތް ވާނެ،" ފައިސަލް ވިދާޅުވިއެވެ.

ޕެރައިންފްލުއެންޒާ ޖެހިގެން ކުއްޖަކު މަރުވިއިރު، އިންފްލުއެންޒާ ޖެހިގެން މިދިޔަ މަހު ޒުވާން ފިރިހެނަކާއި އަންހެނަކުވެސް މަރުވެފައިވެއެވެ.

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި ޕެރައިންފްލުއެންޒާ ވައިރަސް ފެންނަމުންދާއިރު، އެ ވައިރަސްއަށް ދޭނެ ވެކްސިނެއް އަދި ބޭހެއް ރާއްޖޭގައި މިވަގުތަކު ނެތެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok