ފެހުމުގެ ދާއިރާގެ ގައުމީ ހިދުމަތްތެރިޔާ، ސައީދު އަވަހާރަވެއްޖެ

Follow @loamaaOnline
None

ހ.ރީތިގަސްދޮށުގެ ސައީދު ހުސައިން: ފެހުމުގެ ދާއިރާއިން އޭނާއަށް ވަނީ ގައުމީ ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައި


ފެހުމުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމު ހާސިލުކުރައްވާފައިވާ ގައުމީ ހިދުމަތްތެރިޔާ ހ. ރީތިގަސްދޮށުގެ، ސައީދު ހުސެއިން، އަވަހާރަވެއްޖެ އެވެ. 

ސައީދު، 80، އަވަހާރަވީ މިއަދު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ސައީދަކީ މަޝްހޫރު ނޫސްވެރިޔާ އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝަހީބުގެ ބައްޕާފުޅެވެ.

ފެހުމުގެ ދާއިރާއިން އާއްމު ހިދުމަތުގެ އިނާމު ސައީދު ހާސިލުކުރެއްވީ 2006 ވަނަ އަހަރުއެވެ. 

ސައީދަކީ ފުޅާ ދާއިރާއެއްގައި ފެހުމުގެ މަސައްކަތް ކުރައްވައި އެކަން އެކި މީހުންނަށް ދަސްކޮށްދެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. ފެހުމުގެ ދާއިރާގައި އޭނާ 37 އަހަރު ހޭދަކުރެއްވިއެވެ. 

ސައީދަކީ، 2007 ވަނަ އަހަރު ޓީވީއެމުން ގެނެސްދިން "ލާމަސީލު މާމަ، ކާފަ" ޕްރޮގްރާމުން ލާމަސީލު ކާފަގެ މަގާމު ހާސިލު ކުރެއްވި ބޭފުޅާވެސް މެއެވެ.     


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok