މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކުރަން އިކޮނޮމިކް ކައުންސިލުން ނިންމައިފި

Follow @loamaaOnline
None

---


މިފްކޯ އިން މަސް ގަންނަ އަގު ކިލޯއަކަށް 25 ރުފިޔާގެ ރޭޓުން 20 ރުފިޔާ އަށް ދަށްކުރަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި، ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ރިއާޔަތްކޮށް، މަސް ގަންނަ އަގު 20 ރުފިޔާއަށް ދަށްކުރުމަށް އިކޮނޮމިކް ކައުންސިލްގެ އެންމެ ފަހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ. ނަމަވެސް، އެ ނިންމުން ސަރުކާރުން އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

އިކޮނޮމިކް ކައުންސިލްގެ ނިންމުންތަކަށް އަމަލުކުރާނީ، ރައީސުލްޖުމްހޫރިއްޔާ އެ ނިންމުމެއް ބަލައިގެންފި ނަމަ އެވެ. އިކޮނޮމިކް ކައުންސިލްގެ ޗެއާކަންކުރައްވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. 

މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގެ ތެރޭގައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok