މުޅަދޫ ބޭރުގައި އޮތް ކަނދުފަތި ކައިރިން ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރައި ބަޑިން ބިރު ދައްކައިފި

Follow @loamaaOnline
--

---


ހއ. މުޅަދޫ ބޭރުގައި އޮތް ކަނދުފައްޗާ ތިން މޭލު ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓުގާޑުގެ ސިފައިން އަރައި މަސްވެރިންނަށް ބިރުދައްކައިފިއެވެ. 

ރޭ ދަންވަރު 12:00 ޖަހާކަންހާއިރު، އިންޑިއާ ސިފައިން އަރާފައިވަނީ،  ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ގެންދާ ހއ. އިހަވަންދޫ "މާހޯރަ-3″ ދޯންޏަށެވެ. 

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި ހަތިޔާރާއެކު އިންޑިއާ ސިފައިން އެ ދޯންޏަށް އެރުމަށް ފަހު ފުރަތަމަވެސް އެދުނީ ސެޓްލައިޓް ފޯނު ދިނުމަށެވެ. އެކަމަށް އިންކާރު ކުރުމުން ވަނީ، ބަޑި ދިއްކޮށް، ދޯނީގެ ފަޅުވެރިން ކުޑަކަކުލަށް ތިރިކޮށް، ދޯނީގެ ހުރިހާ ކައްޅިއެއް ބަލައި ފާސްކޮށްފައެވެ.

"މާހޮރަ-3" މި ދޯންޏަކީ މިމަހުގެ އެއް ވަނަ ދުވަހު ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަހައްދުން އިންޑިއާ ސިފައިން އަރައި ބާލާ ފާސްކުރި ތިން ދޯނީގެ ތެރެއިން ދޯންޏެވެ. 

މި މަހުގެ އެއް ވަނަ ދުވަހު އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ ރާއްޖޭގެ ތިން މަސް ދޯންޏެއް ޗެކްކުރީ ބައިނަލްއަވާމީ ގަވާއިދުތަކާ ހިލާފަށް ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ރާއްޖެއިން ވަނީ ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ ސިފައިން ވަދެ، ރާއްޖޭގެ މަސްދޯނިތަކެއް ހުއްޓުވައި ބަލައިފާސްކުރި ސަބަބު ލިޔުމުން ހޯދުމަށް އެ ގައުމުގެ ސަރުކާރުގައި އެދިފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok