އިންޑިއާއިން މިއަދު ހަނދަށް، ތާރީހީ ދުވަހަކަށްވެދާނެ!

Follow @loamaaOnline
--

--


އިންޑިއާއިން ހަނދަށް ފޮނުވާ އުޅަނދު މިއަދުގެ ވަގުތެއްގައި ހަނދަށް ތިރިކުރާނެ ކަމަށް އިންޑިއަން ސްޕޭސް ރިސާޒް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) އިން ބުނެފިއެވެ.

އިންޑިއާއިން ހަނދުގެ ދެކުނު ތަނޑިއާ ކައިރިއަށް ފޮނުވާ އުޅަނދު، ޗަންދްރަޔާން-3 ގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ހަނދުގައި ގަނޑުފެން ހުރިތޯ ބެލުމެވެ. އެ ހުރިކަން ޔަގީންވެއްޖެ ނަމަ ހަނދުގައި އިންސާނުންނަށް އުޅެވިދާނެ ކަމުގެ އުންމީދު ލިބޭނެ އެވެ. އިންޑިއާއިން ހަނދުގެ މިޝަންގެ ދަތުރު ފެށީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

އައިއެސްއާރްއޯއިން ލަފާކޮށްފައިވާ ގޮތުގައި "ޗަންދްރަޔާން-3"  އިންޑިއާ ގަޑިން މިއަދު އިރުއޮއްސި 6:00 ފަހުން ހަނދަށް ޖެއްސޭނެ ކަމަށެވެ. އެ މިޝަން ކާމިޔާބުވެއްޖެނަމަ އިންޑިއާގެ އެ އުޅަނދު ވެގެންދާނީ ހަނދުގެ ދެކުނު ތަނޑިއަށް ތިރިކުރި ފުރަތަމަ އުޅަނދަށެވެ. 

އިންޑިއާގެ އުޅަނދު މިއަދު ހަނދަށް ތިރިކުރަން މަސައްކަތް ކުރާއިރު މީގެ ދުވަސްކޮޅެއް ކުރިން ރަޝިއާގެ ލޫނާ-25 ވަނީ ހަނދުގެ ދެކުނު ތަނޑިއަށް ތިރިކުރަން އުޅެނިކޮށް ވެއްޓި ހަލާކުވެފަ އެވެ.

އިންޑިއާ އިން 2019 ވަނަ އަހަރު ޗަންދްރިޔާން-2 ހަނދަށް ތިރިކުރުމުގެ ތެރޭގައި ވަނީ ވެއްޓިފަ އެވެ.

އިންޑިއާގެ މިޝަން ކާމިޔާބުވެއްޖެ ނަމަ އެ ގައުމު ވާނީ ހަނދަށް "ސޮފްޓް ލޭންޑިން" އެއް ކާމިޔާބުކަމާ އެކު ހެދި ހަތަރު ވަނަ ގައުމަަށެވެ. ކުރިން މިކަން ކާމިޔާބުވެފައި ވަނީ އެމެރިކާ، ކުރީގެ ސޮވިއެޓް ޔުނިއަން އަދި ޗައިނާ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok