މަޖިލީހުގެ 93 ދާއިރާއަށް ކުރިމަތިލާން ހުޅުވާލައިފި

Follow @loamaaOnline
None

---


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނުގައި ބުނީ 93 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ކެންޑިޑޭޓުންގެ ފޯމު ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 2:00-4:00 އަށެވެ.

މަޖިލިސް އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ ރޯދަ މަހުގެ ތެރޭގައި، އަންނަ މާޗު 17 ވަނަ ދުވަހެވެ.

މަޖިލީހުގެ މިހާރުގެ ގޮނޑީގެ އަދަދަކީ 87 އެވެ. އެކަމަކު، މިފަހަރު ހަ ދާއިރާއެއް މަޖިލީހަށް އިތުރުވެފައިވެ އެވެ. 

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު އަންނަ މެއި މަހުގެ 28 އަށް ހަމަވާނެ އެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok