ދަނޑުވެރިންނަށް ބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަޕްރިނިއާ ސްކިލްސް ޓްރެއިނިން ފޯރުކޮށްދެނީ

Follow @loamaaOnline
None

---


މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގަރާމްގެ ފަރާތުން ޕްރޮޖެކްޓް ކުރިއަށްގެންދާ ރަށްތަކުގެ ދަނޑުވެރިންނަށް އަމާޒްކޮށްގެން ބިޒްނަސް މެނޭޖްމަންޓް އެންޑް އެންޓަޕްރިނިއާ ސްކިލްސް ޓްރެއިން ޕްރޮގްރާމެއް ފަރުމާކޮށް ހިންގައިދިނުމަށް، އެގްރިކަލްޗާ މިނިސްޓްރީން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ހަވާލުކޮށް،ފިއެވެ. 

އެ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްއާއެކު މަސައްކަތްކުރަމުން އަންނަ ދަނޑުވެރިންގެ ނޮލެޖްގެޕް ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަސްޓަމައިޒްޑް ޓްރެއިނިގް މެނުއަލެއް އަދި ތަމްރީނަށް ބޭނުންވާނޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ޕްރޮޖެކްޓްގެ ރަށްތަކުގައި ހިންގުން ހިމެނެއެވެ. 

އެގްރިކަލްޗާ މިނިސްޓްރީން ބުނީ، މި ތަމްރީނު ޕްރޮގްރާމްގެ މަގުސަދަކީ ދަނޑުވެރިކަން ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް، ވިޔަފާރި އަދި މާލީ ހިސާބުތައް ބެލެހެއްޓުމުގައި ގެންގުޅޭ ރަނގަޅު އުސޫލުތައް ދަސްކޮށްދީ، ދަނޑުވެރިކަމުގެ ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއަށްދާ ވިޔަފާރިއެއް ހަރުދަނާކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)އަކީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓްގެ ދަށުން 26 ރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާމާ ފޯރަމް ގްރޫޕެއް ހަދައި އެ ފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މައުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް  އަންނަނީ މަސައްކަތްކުރަމުންނެވެ. 

އެ ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށް ވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަހުލުވެރިކުރުވުމެވެ.  


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok