ޑިމޮކްރެޓްސްގެ ޓިކެޓު 37 ބޭފުޅަކަށް ކަށަވަރުވެއްޖެ، ޕްރައިމަރީ އޮންނާނީ ހަތަރު ދާއިރާއެއްގައި

Follow @loamaaOnline
None

---


ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި، ދަ ޑިމޮކްރެޓްސްއިން މަޖިލިސް ޕްރައިމަރީ ބާއްވާނީ އެންމެ ހަތަރު ދާއިރާއެއްގައި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ފަރާތުން މަޖިލިސްއާ ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 41 ދާއިރާއަކުން 46 ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރެއިން އެއް ކެންޑިޑޭޓުންނަށްވުރެ ގިނައިން ކުރިމަތިލާފައިވަނީ ހަތަރު ދާއިރާއަކަށް ކަމަށެވެ.

ޑިމޮކްރެޓްސްއިން މަޖިލިސް ޕްރައިމަރީ ބާއްވާ ދާއިރާތައް:

  • ހެންވޭރު ދެކުނު ދާއިރާ
  • ކަނޑިތީމު ދާއިރާ
  • ކެލާ ދާއިރާ
  • ހުޅުމާލެ ދެކުނު ދާއިރާ

ޑިމޮކްރެޓްސްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ގިނަ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.  އޭގެ ތެރޭގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok