ޗައިނާއިން 2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހަމަޖެހިއްޖެ: ރައީސް

Follow @loamaaOnline
--

---


ޗައިނާ ސަރުކާރުން ރާއްޖެއަށް 130 މިލިއަން ޔޫއެސް ޑޮލަރު (2 ބިލިއަން ރުފިޔާ) ގެ ހިލޭ އެހީ ހަމަޖައްސައިދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މެންދުރު ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގައި ބޭއްވެވި ނޫސްވެެރިންގެ ބައްދަލުވުގައި ރައީސް ވިދާޅުވީ، ރާއްޖެއާ ޗައިނާއާ ދެމެދު 30 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރުކ،  ހިލޭ އެހީގެ ގޮތުގައި ގާއިމުކުރެވުނު އެއްބަސްވުންތައް ވެސް ހިމެނޭ ކަމަށެވެ.

''ހިލޭ އެހީގެ ގޮތުގަ އެއްބަސްވުންތައް ހެދިގެންދިޔަ މި ގޮތުން މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިއަން ޗައިނާ ފައިސާ އެއީ ގާތްގަނޑަކަށް 130 މިލިއަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފަ'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޗައިނާގެ އެހީ ބޭނުންކުރާނީ ރާއްޖޭގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށާއި އޭގެތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގުތައް ތަރައްގީކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ފުށިދިއްގަރުފަޅުގައި ''ރަސްމާލެ'' ގެ ނަމުގައި ތަރައްގީކުރާ ސިޓީގައި ޗައިނާގެ ހަރަދުގައި 30،000 ހައުސިން ހައުސިން ޔުނިޓު އެޅުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok