އޭސީސީގެ ކުރީގެ ރައީސް ލުތުފީ ރާއްޖެ ވަޑައިގަތުމުން ފުރުން މަނާކޮށް ތަހުގީގު ފަށައިފި

Follow @loamaaOnline
Former President of ACC Maldives, Luthufee

އޭސީސީގެ ކުރީގެ ރައީސް ލުތުފީ


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ފުލުހުން ތަހުގީގު ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ސާވިސްއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލުތުފީ ފުރުން މަނާކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ. 

އެނގިފައިވާ ގޮތުގައި ލުތުފީ މިހާރު ހުންނެވީ އައްޑޫ ސިޓީގައެވެ. އެގޮތުން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ލުތުފީ ވަޑައިގެންފައިވެއެވެ.

ކުރީގެ  ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ލުތުފީ މަގާމުގައި ހުންނެވަނިކޮށް ވަނީ މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފަ އެވެ. އެ މައްސަލައިގައި އިތުރު ބަޔަކުވެސް ހިމެނޭކަމަށް ފުލުހުން އެއިރު ބުނެފައިވެއެވެ. 

އޭސީސީގެ ރައީސްގެ މަގާމަށް ލުތުފީ އައްޔަން ކުރީ 2009 ވަނަ އަހަރުއެވެ. ނަމަވެސް އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވަމުން ގެންދަވާތީ، ލުތުފީ ވަކިކުރުމަށް މަޖިލީހުގެ ކޮމިޓީން ލަފާދިނުމުން 25 ޖޫން 2019 ގައި އޭނާ ވަނީ އެ ކޮމިޝަނުގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok