މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން މިއަދު ދެނީ

Follow @loamaaOnline
--

---


ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު ދޫކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން (މިފްކޯ) އިން ބުނެފިއެވެ.

"ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ. މި ފުރުސަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މިފްކޯއިން އިއްޔެ ކުރި ޓުވީޓެއްގައި ބުންޏެވެ. 

މަސްވެރިންނަށް ނުދެވި 220 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބައޮތެވެ. 

މަސްވެރިކަން ފުޅާ ދައިރާއެއްގައި ކުރާ ރަށްރަށުގެ މަސްވެރިން ބުނާ ގޮތުގައި މިފްކޯ އަށް ކިރުވާ މަހަށް ފައިސާ ނުލިބޭތާ ދެ މަސް ވެއްޖެ.

މި ސަރުކާރު ނޮވެމްބަރު 17، ގައި ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 190 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދީފަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok