ބުރާސްފަތި ދުވަހުގެ ކުރިން މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރާނަން: މިނިސްޓަރު

Follow @loamaaOnline
None

--


މަސްވެރިން އަތުން މިފްކޯއިން ގަނެފައިވާ މަހަށް ނުދެވި ހުރި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ މި ހަފްތާގެ ތެރޭގައި ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ވަނީ، ނޮވެމްބަރު 11 އަކާ ހަމައަށް ހުރި ހުރިހާ ބިލަކަށް ފައިސާ ދޫކޮށްފައެވެ. އޭގެ ފަހުން ހުރި ބިލްތަކަށް ފައިސާ ދޫކޮށްފައި ނުވާއިރު، މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު 220 މިލިއަނަށް ވުރެ ގިނައެވެ.

"މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ތެރެއިން ވަރަށް ބޮޑު އަދަދެއް މި މަހުގެ 10 އެއްގެ ކުރިން ދޫކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއްވެސް ވަރަށް އަވަހަށް ދޫކުރުން ކަމަށެވެ. 

މި ސަރުކާރުން މިހާތަނަށް ވަނީ 140 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok