ރާއްޖޭގައި އީވޮލެޓްގެ ހިދުމަތް ގާއިމުކޮށް، ޕޭޕަލްއަށް އެކްސެސް ހޯދަނީ

Follow @loamaaOnline
--

---


ރާއްޖޭގައި އީވޮލެޓްގެ ހިދުމަތް ގާއިމުކޮށް، ޕޭޕަލްއަށް އެކްސެސް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ގާނޫނު އަސާސިން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެ ހުރަސްތައް ހައްލު ކުރުމަށް ކްރިއޭޓިވް އިކޮނޮމީ ގާއިމު ކުރުމުގެ ގޮތުންނާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި އީވޮލެޓް ހިދުމަތް ގާއިމުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގައި ދަންނަވައިގެން ގިނަ ވެގެން  ހަފްތާއެއްގެ ތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ހަމަޖެއްސުމުގެ މަސައްކަތް ފެށުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ވަޒީރުންފެ ބައްދަލުވުމުގައި އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްސްއަށް އެކްސެސް ހޯދުމާއި ގުޅޭ ގޮތުން އެމެރިކާރުގެ ސަރުކާރުން މަޝްވަރާ ކުރައްވައިގެން އެ ހިދުމަތަށް އެކްސެސް ލިބޭނެ ގޮތް ހޯއްދުމަށާއި ޕޭޕަލް ފަދަ އެހެން ޕްލެޓްފޯމްތަކަށް އެކްސެސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގެ ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ކެޕޭސިޓީ ބިލްޑްކޮށް ކުރުމަށް  ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އަދި ތުރުކީވިލާތާއި އެކު މަސައްކަތްކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. 

ނާޒިމް އިތުރަށް ވިދާޅުވީ، ސައިބާ ސެކިއުރިޓީގެ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ހާއްސަ ބިލެއް ޑްރާފްޓެއް ކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok