މަސްވެރިންނަށް ފައިސާ ނުދޭތާ ދެ މަސް، ހިރިލަންދޫ ކައުންސިލުގެ ކަންބޮޑުވުންތައް ސަރުކާރަށް ބަންޑުންކޮށްލައިފި

Follow @loamaaOnline
--

---


މަސްވެރިން އަތުން މިފްކޯއިން ގަންނަ މަހަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއްވެފައި ވުުމުން މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ކޮޅުމަޑުލުގައި އެންމެ ގިނަ ދޯނި މަހަށް ފުރާ ހިރިލަންދޫގެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިފްކޯއަށް މަސްވެރިން ކިރާފައިވާ މަހުގެ ބިލްތަކަށް ފައިސާ ނުދޭތާ ދެ މަސް ދުވަސް ވެފައިވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުރި ބިލްތަކަކަށެވެ.

"މިކަމާ ގުޅިގެން މިފްކޯއާއި ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވުޒާރާގެ ވެރީންނާއެކު އެކި ފަންތީގައި އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާގައި ފައިސާ ލިބޭނެ ތާރީހުތަކެއް ކަމަށް ބުނެ ބައެއް ތާރީހުތައް ސަރުކާރުގެ އިސްވެރީން ދެއްވާފައިވީނަމަވެސް އެއިން އެއްވެސް ކަމެއް ހަގީގަތަކަށް ނުވެ މިއަދާ ހަމައަށްވެސް ސަރުކާރުން މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި އޮތްކަމީ ހިތާމަކުރާ ކަމެކެވެ" ހިރިލަންދޫ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ހިރިލަންދޫ ކައުންސިލްގެ ބަޔާނުގައި ބުނީ، މަސް ކިރާތާ ދެ ދުވަސް ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުފުޅެއް ކަމަށާއި ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރަކީ އެއާ ދިމާ އިދިކޮޅަށް މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ފައިސާ ލިބުން ލަސްވުމުގެ ސަބަބުން މަސްވެރި އާއިލާތަކުން ދަރަނިވެ، ޒަރޫރީ ބައެއް ބޭނުންތައް ފުއްދުމުގައިވެސް ދަތިތަކެއް ކުރިމަރިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހިރިލަންދޫ ފަދަ މަސްވެރި ރަށެއްގެ އިގްތިސޯދަށްވެސް ގެއްލުންވަމުންދާ ކަމުގައި އެ ބަޔާނުގައި ބުންޏެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok