ގޯތީގެ ރަޖިސްޓްރީ އާއި ބިން ހަވާލުކުރަން އަލުން ފަށައިފި

Follow @loamaaOnline
---

ގުޅިފަޅުން ފުރަތަމަ ގޯތި ލިބުނު އަހްމަދު ޝާކިރަށް ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ކ) ގޯތީގެ ރަޖިސްޓްރީ ކުރަނީ: ޝާކިރަށް ލިބުނީ 2،400 އަކަފޫޓުގެ ގޯއްޗެއް. -- ފޮޓޯ: ނިޝާން އަލީ / މިހ


ކުރީ ސަރުކާރުގައި ފެށި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރަން އަލުން ފަށައިފިއެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލެއިންނާއި، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިން ކަނޑައި ބައެއް ބިންތައްވެސް ހަވާލުކުރިއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސްއެމްއެސްގެ މެދުވެރިކޮށް ހާޒިރުވާނެ ތާރީހާއި ގަޑި އަދި ތަން އަންގާނެ ކަމަށާއި މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަކުރެވޭ ނަމަ އެ މިނިސްޓްރީއަށް ހުށަހަޅަން އެދޭ ކަމަށެވެ.

ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައިވާ މި ހަފުތާއާއި އަންނަ ހަފުތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok