އަންނަ އާދީއްތަ ދުވަހު ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަނީ

Follow @loamaaOnline
----

----


އަންނަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޗައިނާއަށް ފުރާވަޑައިގަންނަވާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު އެވެ.

ރައީސްގެ މި ދަތުރުފުޅާ ބެހޭ މައުލޫމުތައް އެ އޮފީހުން ރަސްމީކޮށް އަދި ހާމައެއްް ނުކުރެ އެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ  ދެވަނަ ދަތުރުފުޅެވެ. އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ކޮޕް-28 ގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫއޭއީއަށް ވެސް ވަޑައިގަނެފަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok